
ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މިހާރު ދަނީ ބާޒާރުމަތީ ފިހާރަތަކާއި ބޯޓުފަހަރުގައި މަސައްކަތްކުރާ މީހުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުންނެވެ. މިއީ ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތަކުގައި އިތުރުވާ ހަލަބޮލިކަން ކުޑަކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
ރޯދަ މަހަކީ މާލޭގެ މަގުތަކުގައި ޓްރެފިކްގެ މައްސަލަތައް އިތުރުވާ މޫސުމަކަށް ވުމާއެކު، މުދާ އުފުލުމަށާއި އެހެނިހެން ބޭނުންތަކަށް ދުއްވާ އުޅަނދުފަހަރާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފުލުހުން މަސައްކަތްކުރާނެއެވެ.
ރޯދަ މަހުގައި މާލޭގެ އެންމެ ޓްރެފިކް ބާރު ސަރަހައްދުތަކުގައި ފުލުހުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައި، އެ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.