ads
ސުޕްރީމް ކޯޓުގެ ފުލް ބެންޗު
ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެކަމަށް ދައުލަތަކުން ނުދެކޭ
ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ސުޕްރީމް ކޯޓުން ބެލިދާނެ މައްސަލެއް ނޫންކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
Advertisement

ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅި މައްސަލައިގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުން ބެލިދާނެ މައްސަލައެއްތޯ ސުވާލު އުފައްދާފައެވެ. 

އޭޖީ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލްތަކަކީ ގާނޫނެއް ގޮތަށް ބަޔާންކޮށްފައި ވީ ނަމަވެސް، އެއީ ހާއްސަ އިޖުރާއަތެއްގެ ދަށުން ހާއްސަ އުސޫލަކުން ފާސްކުރާ އެއްޗެއް ކަމަށެވެ. އަދި އެފަދަ އިސްލާހުތަކަށް ގާނޫނެއްގެ ދަރަޖަ ދޭން ފެށުމުން ބޮޑެތި އިޖުރާއީ މައްސަލަތައް ނުކުންނާނެ ކަމަށް ވެސް ބުންޏެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އަދި އެ މާނަކުރަން ޖެހޭނީ ވެސް އެ ގޮތަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ. އަދި ގާނޫނުއަސާސީގެ އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ބެލޭނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް