މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ 385 މިލިއަން ރުފިޔާއިން 138 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުގެ ކުރިން ވިޔަފާރިވެރިން ގިނަ އަދަދަކަށް ސިނގިރޭޓު އެތެރެކޮށްފައިވުމެވެ.
ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ކުރިން 110 ރުފިޔާއަށް ލިބެމުންދިޔަ ސިނގިރޭޓު ފޮށި މިހާރު 250 ރުފިޔާއަށް އަރާފައިވާއިރު، މިކަމުގެ ސަބަބުން އަމިއްލައަށް ސިނގިރޭޓު އުފެއްދުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.