
މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ކުރިއެކޭވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށްކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 6 މާރިޗު 2022 ގައި ނެރުނު ދެންނެވުމުންކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރޯދަމަހުގެ ރަސްމީ ގަޑި ސަރުކާރުން އިއުލާންކޮށްފައިވާއިރު ރޯދައިގެ އެލަވަންސް އަންނަ ބުރާސްފަތު ދުވަހުގެ ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.
މި އަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.