ads
ރައީސް މުިއްޒުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން
ރައްޔިތުންނަށް އޮޅޭގޮތަށް ދޮގު މައުލޫމާތު ފެތުރި ނޫހަކާމެދު ފިޔަވަޅު އަޅަނީ
ރައްޔިތުންނަށް އޮޅޭގޮތަށް ދޮގު މައުލޫމާތު ފަތުރާފައިވާ އަދަދު ނޫހާ މެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހުން ނިންމައިފިއެވެ.
Advertisement

ރައީސް އޮފީހުން ބުނީ އަދަދު ނޫހުން "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުހީގެ ދަށުން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. އެއްވެސް ސައްހަކަމެއް ނެތް މިފަދަ މައުލޫމާތު ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި މައްސަލައިގައި އަދަދު ނޫހާ މެދު ފިޔަވަޅު އެޅުމަށްޓަކައި މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. އަދި މިފަދަ ދޮގު ހަބަރުތައް ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށްވެސް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް