
އޭސީސީގެ ގާނޫނަށް ގެނެވުނު އިސްލާހާ އެއްގޮތަށް، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް މި މަގާމުތަކަށް މީހުން އައްޔަންކުރެވޭނީ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އަހުމަދު ނާޝިދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެެއެވެ. އޭނާ އެ މަގާާމަށް އައްޔަންކުރަން ފެންނަކަމަށް އިއްޔެ ޖަލްސާގައި ހާޒިރުވެ ތިއްބެވި 69 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ.
އަބްދުﷲ ނާޝިދު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރީ މިދިޔަ ޖެހުއަރީމަހުއެވެ. އަބްދުﷲ ނާޝިދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަޤާމުތަކެއް އަދާކުރައްވާފައެވެ.
އަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭސީސީގެ ދެ ގޮނޑި ހުސްވީ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިބި މެންބަރުންނަކީ އާދަމް ޝާމިލް(ރައީސް) ޝިޔާމާ މުހަންމަދު އަދި ޝަޒްނާއެވެ.