
ހުޅުމާލެ ސަހަރާ
ހުޅުމާލެ ސަހަރާ މިސްކިތުގައި ފީޑިން ރޫމެއް ގާއިމުކޮށްފި
ގުފްތަގް އަޖީރު
19 ފެބްރުއަރީ 2025 - 11:58:41
ހުޅުމާލެ ސަހަރާ މިސްކިތުގައި މައިންނަށް ތުއްތު ކުދިންނަށް ކިރުދިނުމަށް ހާއްސަ ފީޑިންގ ރޫމެއް މާލެ ސިޓީ ކައުންސިލުން ގާއިމުކޮށްފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ފީޑިންގ ރޫމް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމެވެ. މި ފީޑިން ރޫމަކީ މައިންނަށް ފަސޭހަކަމާއެކު ތުއްތު ކުދިންނަށް ކިރުދެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތަކާއި ސަހަރާތައް ބޭނުންކުރާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ފަސޭހަތަކެއް ހޯދައިދިނުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ. މީގެ އިތުރުން މި ފީޑިން ރޫމާއެކު ފާހާނާ ބަރިއެއް ވެސް ހުޅުވާފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަނާއި މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދުގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުންނާއި ކައުންސިލްގެ މުވައްޒަފުން ބައިވެރިވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް