ads
ދިވެހި ސިފައިން ތަމްރީނެއްގައި ހަރަކާތް ތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް
ލ. އިސްދޫގައި ސިފައިންގެ 12 ގަޑިއިރުގެ އަސްކަރީ ތަމްރީނެއް
ލ. އިސްދޫގައި މާދަމާ ސިފައިންގެ 12 ގަޑިއިރުގެ އަސްކަރީ ތަމްރީނެއް ކުރިއަށް ގެންދާނެކަމަށް ދިފާއީ މިނިސްޓްރީން މިއަދު ބުނެފިއެވެ.
Advertisement

މިނިސްޓްރީން ބުނީ މި ތަމްރީނު ފެށޭނީ މާދަމާ ހެނދުނު 6:00 ގައި ކަމަށާއި، އިރުއޮއްސޭ 18:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. މި ތަމްރީނަކީ އެމްއެންޑީއެފްގެ ފަރާތުން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެކެވެ.

ތަމްރީނުގައި ސިފައިން ހަތިޔާރާއެކު މަސައްކަތް ކުރި ނަމަވެސް، ލައިވް ވަޒަނާއި ގޮވާ ޒާތުގެ އެއްވެސް ނުރައްކާތެރި އާލާތެއް ބޭނުން ނުކުރާނެ ކަމަށް މިނިސްޓްރީން އޮފީހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް