
ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރެވުނެވެ. އަދި އިގްތިސާދީ އަދި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެކި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރެވުނެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާއި، އިގްތިސާދީ ދުވެލި ހަލުވިކޮށް، މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތުވެސް ހިއްސާކުރެވުނެވެ.
މި ދަތުރަކީ ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުގައި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.