ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
ވޯލްޑް ބޭންކާއި ގުޅިގެން އިގްތިސާދީ 7 ދާއިރާއިން މައުލޫމާތު އެއްކުރަނީ
ރާއްޖޭގެ އިގްތިސާދީ 7 ދާއިރާއަކުން މައުލޫމާތު އެއްކޮށް، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތައް ދެނެގަތުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ވާރލްޑް ބޭންކުން ގުޅިގެން ދިރާސާއެއް ފަށައިފިއެވެ.
Advertisement

"ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާއަކީ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫއުގެ ދަށުން ކުރާ ދިރާސާއެކެވެ. މި ދިރާސާއިން ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާއި، މިހާރު ހިންގާ ތަމްރީނު ޕްރޮގްރާމްތަކާ ދެމެދު ހުރި ގެޕް ދެނެގަނެވޭނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސާގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، ކުރު އަދި ދިގު މުއްދަތުގެ އެކްޝަން ޕްލޭންތަކެއް އެކުލަވާލާނެ ކަމަށެވެ. އަދި މި މަސައްކަތަކީ ސަރުކާރުގެ "ހުރިހާ ދިވެހިންނަށް ވަޒީފާ ފަހިކުރުމުގެ" ސިޔާސަތާ ގުޅިފައިވާ މަސައްކަތެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި ދިރާސާގެ ދަށުން ތައުލީމީ ދާއިރާގެ ހުރިހާ މީހުން ބައިވެރިކޮށްގެން މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ކުރިމަގުގައި ތަމްރީނު ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް