
މި މަސައްކަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
އާސަންދައިން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ ސައުންޑްޕްރޫފް ކުރަން ޖެހެނީ އެ ކުންފުނިން ދޭ މައުލޫމާތާ އެއްގޮތަށް ކުންފުނީގެ ބައެއް ތަންތަން ކަމަށެވެ. ނަމަވެސް، އެ ތަންތަނުގެ އެއްވެސް ތަފްސީލެއް މި ވަގުތު އާންމުކޮށްފައެއް ނުވެ އެވެ. މި މަސައްކަތުގެ މައުލޫމާތު ކަރުދާސް ލިބޭނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް އެކަންޏެވެ.
މި މަސައްކަތަށް މަދުވެގެން ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކުރަން ޖެހޭނެ އެވެ. އެއަށްވުރެ މަދުން ކުރިމަތިލައިފިނަމަ، އިއުލާނު ބާތިލުކުރުމުގެ އިހުތިޔާރު އާސަންދައަށް ލިބިގެންވެ އެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 27 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގައި ބޭއްވޭ ވެބް މީޓިން މެދުވެރިކޮށެވެ.
އާސަންދަ ކުންފުނީގެ މައި އޮފީސް ހުންނަނީ ފެން ބިލްޑިންގުގައި ކަމަށާއި އެ ކުންފުނީގެ އިތުރު އޮފީސްތަކެއް މާލޭގައި ހުރި ކަމަށް އޮފީހުން ބުނެފައިވެ އެވެ.