ads
ޕޮލިސް މައި އޮފީސް
ރޯދަ މަހު ބާޒާރުމަތީގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް
ރޯދަ މަހާ ގުޅިގެން މާލޭ ބާޒާރުމަތީގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފުލުހުން ނިންމައިފިއެވެ.
Advertisement

މި ބަދަލުތައް ގެންނަނީ ރޯދަ މަހު އެންމެ ބާރު ބޮޑުވާ ސަރަހައްދު ކަމަށްވާ ބާޒާރުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓާ ހުސައިން އަސްލަހް ބުނީ މެންދުރު 1:30 އިން ހަވީރު 4:00 އަށް ބޮޑުތަކުރުފާނު މަގަށް ނިކުމެވޭ ގޯޅިތައް ބަންދުކުރާނެ ކަމަށެވެ. އަދި ޓްރެފިކް ބާރު ބޮޑުވާ ހާލަތުގައި ފާރުކެނޑި ހިނގުމުން ފެށިގެން ހުޅަނގުން އިރަށް ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވުން މަނާކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ބާޒާރުމަތީގައި މުދާ ވިއްކުމާ ގުޅޭ ގޮތުންވެސް އާ ގަވާއިދުތަކެއް ތައާރަފުކުރެވިފައިވެއެވެ. މީގެ ތެރޭގައި ޕޭމަންޓް މަތީގައި މުދާ ނުބެހެއްޓުމާއި، މުދާ އަރުވާ ބޭލުމަށް ހާއްސަ ޒޯންތައް ބޭނުންކުރުން ހިމެނެއެވެ. މި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކުގެ މުދާ ނެގޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މެންދުރު 1:00 އިން ހަވީރު 6:00 އަށް އެ ސަރަހައްދު ގަވާއިދުން ބަލަހައްޓާނެއެވެ. އަދި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން މި ބަދަލުތަކަށް ސަމާލުވުމަށް ފުލުހުން އެދިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް