ads
ފޮޓޯ: ކޮރަލް ގްލާސް.މާކެޓް
އެސްޓޯއޯއިން ރޯދައަށް ބިސް،އަލުވި ފިޔާ،ލުނބޯ ބާޒާރަށް ނެރެފި
އެސްޓީއޯ އިން ރޯދަމަހަށް ގެނައި ބިސް، އަލުވި ފިޔާ އަދި ލުނބޯ ހެޔޮ އަގުތަކެއްގައި ބާޒާރަށް ނެރެފިއެވެ.
Advertisement

އެސްޓީއޯ އިން ބުނީ ރޯދަ މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް މިހާރު މާކެޓަށް ނެރެވިފައިިވާއިރު ފަހުވެސް ގަވައިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓޯއޯއިން ބުނީ މިހާރު ފިޔާ ، އަލުވި، ބިސް އަދި ލުނބޯ މިހާރު ރީޓެއިލްކޮށް އަދި ހޯލްސޭކްކޮށް ލިބެމުންދާނެކަމަށެވެ.

ރޯދަމަހާ ކައިރިކޮށް އެސްޓީއޯއިން ބާޒާރަށް ނެރުނު ފިޔާ ކިލޯއެއްގެ އަގު 16 ރުފިޔާގައި އުޅޭއިރު އެކުންފުނިން ފިޔާ ބަސްތާއެއް ވިއްކަނީ 350 ރުފިޔާ އަށެވެ. އަދި 10 ބަސްތާ ނުވަތަ އެއަށްވުރެ ގިނައިން ގަންނަނަމަ 1 ބަސްތާ ލިބޭނެ އަގަކީ 340 ރުފިޔާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން ބާޒާރަށް ނެރުނު ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 40 ރުފިޔާގައެވެ. އަދި 5 ކޭސް ލުނބޯ ވިއްކަނީ 145 ރުފިޔާގެ ރޭޓުން ނެވެ.

އަލުވިކިލޯއެއް އެސްޓީއޯއިން ވިއްކަނީ 18 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކަނީ 310 ރުފިޔާއަށް ކަމަށް އެސްޓޯއޯއިން ބުނެއެވެ.

ރޯދަމަހަށް އެސްޓޯއޯއިން މިވަނީ ހެޔޮ އަގުގައި ވިއްކުމަށް ބިހުގެ ޝިޕްމަންޓްއެއް ވެސް ގެނެސްފައެވެ. އެގޮތުން ބިސްކޭހެއް 320 ރުފިޔާއަށް ވިއްކާއިރު 1 ބިހުގެ އަގަކީ 2 ރުފިޔާއެވެ.

އެސްޓީއޯއިން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހަތަރު ކެޓެގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމުގެ މަސައްކަތް ކުރަމުންދެ އެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެއްޗާއި، ތާޒާ ތަރުކާރީއާއި މޭވާގެ އިތުރުން، ޕްރޮސެސްޑް ކާނާއާއި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ކުންފުނީގެ މައިގަނޑު އެއް މަގްސަދަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. އަދި ރޯދަ މަހާ ދިމާކޮށް، ބޭނުންވާ ޒަރޫރީ ހުރިހާ އެއްޗެއް ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް