ads
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތަ ބައްދަލުކުރެއްވުން
ސްރީލަންކާގެ ފޮރިން މިނިސްޓަރަށް ދިވެހިރާއްޖެ ޒިޔާރަތްކުރުމުގެ ދައުވަތު ދީފި
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތަށް ދިވެހިރާއްޖެ ޒިޔާރަތްކުރުމުގެ ދައުވަތެއް ދީފިއެވެ.
Advertisement

މިއަދު ސްރީލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމީ މަޝްވަރާ ބައްދަލުވުމެއްގައި ދެ މިނިސްޓަރުން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ތައުލީމީ ދާއިރާއާއި، ވިޔަފާރި އަދި އިންވެސްޓްމަންޓް، ތިމާވެށި އަދި މޫސުމަށް އަންނަ ބަދަލުތައް، މަސްވެރިކަން އަދި ޒުވާނުންނާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

ޑރ. ހަލީލް ވަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް ސްރީލަންކާ ސަރުކާރުން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އަހަރުތަކެއް ވަންދެން ދަނީ ފުޅާވަމުންކަމަށް ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.

ދެ މިނިސްޓަރުންވެސް ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދެގައުމަށް މުހިންމު މައްސަލަތަކުގައި އެއްބާރުލުން ދެމެހެއްޓުމަށް އެއްބަސްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް