މާލޭ ސަރަހައްދުގައި އުޅޭ މީހުންނަށް މަސްދަޅު ކޭސް ބަހަން ފަށާނީ މާދަމާ މެންދުރު ފަހުއެވެ. މާލޭ ސަރަހައްދުގެ 5 ތަނަކުން މަސްދަޅު ކޭސް ބަހަމުންދާނެއެވެ. މާދަމާއިން ފެށިގެން މިމަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި މަސްދަޅު ބަހާނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށްކަމަށެވެ. އަދި މަސްދަޅު ކޭސް ދޫކުރާނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުކަމަށް އެސްޓީއޯއިން ބުނެއެވެ.
މާލޭ ސަރަހައްދުގައި މަސްދަޅު ބަހާ ވަގުތު
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރުމަށް 5 މަރުކަޒެއް ގާއިމުކުރެވިފައިވާކަމަށް އެސްޓިއޯއިން ބުނެއެވެ. އެގޮތުން މާލޭގައި ދެ ތަނުންނައި ހުޅުމާލޭގެ ދެތަނަކުންނާއި ވިލިމާލޭގެ އެއްތަނަކުން މަސްކޭސް ދޫކުރުމުން ގެންދާނެކަމަނަށް އެސްޓީއޯއިން ބުނެއެވެ.
މަސްކޭސްތައް ދޫކުރާ ތަންތަން
އަންނަ ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހިލޭ ދޭން ނިންމާ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުސާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ނިންމުމާއި ގުޅިގެން މިފްކޯއިން ބުނީ ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ ީ 180 ގްރާމުގެ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ.