ads
މި އަހަރުގެ ފިތުރު ޒަކާތް ބެހުމުގެ މަސައްކަތް ޒަކާތު ހައުސް އިން ކުރަނީ
ކުވައިތު ޒަކާތު ހައުސްގެ ނަމޫނާއަށް ބަލައި ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރަނީ
ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުވައިތު ޒަކާތު ހައުސްގެ ނަމޫނާއަށް ބަލައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
Advertisement

އަންނަ ހަފުތާގައި ފެށިގެންދާ އާ ނިޒާމުގެ ދަށުން، މުދަލު ޒަކާތުގެ އިތުރުން ސަދަގާތާއި ހިބައާއި އަދި އެހެނިހެން ހެޔޮކަންކަމަށް ދޭ ފައިސާ ޒަކާތު ހައުސްއަށް ޖަމާކުރެވޭނެއެވެ. މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ، އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމެވެ.

އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ގިނަ ރަށްތަކުގައި މިސްކިތްތަކާއި ގުރުއާން ކްލާސްތަކަށް އެކި ވަސީލަތްތައް ހޯދުމަށް ބޭނުންވެފައިވެއެވެ. މިފަދަ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމައު ހެޔޮގޮތުގައި ބިނާކުރުމަށް މުހިންމު ކަމެއް ކަމުގައި އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ޒަކާތު ހައުސް އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތު އިދާރާއަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުވައިތުގެ ޒަކާތު ހައުސްގެ އުސޫލުތަކާއި ހަރުދަނާ ނިޒާމުތައް ބޭނުންކުރެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް