ads
އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ
ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު: ރައީސް މުއިއްޒުގެ ހެޔޮއެދުންތައް
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރުގެ ރައީސް އަދި ބޮޑު ވަޒީރަށް ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
Advertisement

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމް އަދި ބޮޑު ވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. މި މުނާސަބަތާ ގުޅިގެން ފޮނުއްވި ސިޓީތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ދެ ގައުމުގެ ކުރިމަގަށް މުހިންމު ފުރުސަތުތައް ހޯދުމަށް ގުޅިގެން މަސައްކަތްކުރުމުގެ އުންމީދުވެސް އާކުރެއްވިއެވެ.

ދެ ގައުމުގެ ސިޔާސީ ގުޅުން ބަދަހިކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި މަތީ ފަންތީގެ މުއާމަލާތްތައް އިތުރުވެފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތަކަށްވެސް އިޝާރާތްކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް