ads
ހުޅުމާލޭ އިދަށް ދިއްލާފައި ފޮޓޯ: އެޗްޑީސީ
ސަރުކާރުން 36 ރަށަކަށް އީދު ލައިޓް ހަދިޔާ ކުރަނަނީ
ސަރުކާރުން 36 ރަށަކަށް އީދު ލައިޓު ހަދިޔާކުރަން ނިންމައިފައިވާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިއަހަރުވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައި އޮތީ އީދު ލައިޓް ދިއްލުމަށްޓަކައި އެކަމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމަށް ކަަމަށެވެ.

މިހާރު މިނިސްޓްރީން ވަނީ ސްޓެލްކޯ އާއެކު މަޝްވަރާކުރެވި އަދި ފިނޭންސް މިނިސްޓްރީ އާވެސް ބައްދަލުކޮށްފައި ކަަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެވެ.

މިދިޔަ އަހަރު އީދު ލައިޓް ފޮނުވުނީ މައިގަނޑު ގޮތެއްގައި އަތޮޅުވެރިން ކުރާ ރަށްރަށް ކަމަށާއި އޭގެ އިތުރުން މިފަހަރު ސަރުކާރުން  ކޮންމެ އަތޮޅެއްގެވެސް 2 ރަށަކަށް އީދު ލައިޓް ފޮނުވަން ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި ޖުމްލަ އައްޑޫ އާ ފުވައްމުލަކުގައި ވަކި ރަށްތަކަކަށް ކުރިންވެސް ދެވިފައި ހުރުމާއެކު މިފަހަރު އަޅުގަނޑުމެން ދެން ހުރި އަތޮޅުތަކުން 36 ރަށަށް އެބަ އީދު ލައިޓް ހަދިޔާ ކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަރާތް ފުޅުން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އީދު ލައިޓުދޭ ރަށްރަށް:

ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ށ.މިލަންދޫ، ށ. ފޯކައިދޫ، ނ.ވެލިދޫ، ނ.ހޮޅުދޫ، ރ. އައލިފުށި، ރ.ދުވާފަރު، ބ.ތުޅާދޫ ، ބ.ހިތާދޫ، ޅ.ހިންނަވަރު، ޅ.ކުރެންދޫ، ކ.ކާށިދޫ، ކ.މާފުށީ، އއ.ތޮއްޑޫ، އއ.އުކުޅަސް ، އދ.މާމިގިލި، އދ.އޮމަދޫ، ވ.ކެޔޮދޫ، ވ.ފުލިދޫ، މ.މުލައް، މ.ކޮޅުފުށީ ، ފ.ބިލެއްދޫ، ފ.ފީއަލި ،ދ.މީދޫ، ދ.މާއެނބޫދޫ، ތ.ތިމަރަފުށީ، ތ. ވިލިފުށި ، ލ.ގަން، ލ.މާވަށް، ގއ، ދާންދޫ، ގއ.ގެމަނަފުށި، ގއ.ގައްދޫ، ގދ.މަޑަވެލި

މިފަހަރު އަތޮޅުތަކުން ރަށްރަށް އިހްތިޔާރުކުރީ ކޮންމެ އަތޮޅަކަށްވެސް ސަރުކާރުން ކަނޑައެޅި 2 ރަށަކަށް އެ ފުރުސަތު ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 2 ރަށް އިހްތިޔާރު ކުރީ އާބާދީ އެންމެ ގިނަ ރަށްރަށަށް ބަލައިގެންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް