މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށަން ކުރިން ނިންމީ މިއަދު މެންދުރުފަހު 2:30 ގައެވެ. އެހެންނަމަވެސް ފަހުން ވަނީ މަސްދަޅު ކޭސް ބަހާ ގަޑި ބަހާ ތަންތަނަށް ބަދަލު ގެނެސްފައެވެ.
މިރޭ މަސްދަޅު ކޭސް ބަހަން ފެށުމުގެ އެތައް އިރެއް ކުރިން މީހުން ނުކުމެ ވަނީ ކިޔުއަށް އަރާފައެވެ. އަދި ވަގުތު ޖެހުނު އިރު ދިގުކިޔުތައް ވަނީ ދަމާލާފައެވެ. އެގޮތުން މާލޭގައި މަސްކޭސް ދޫކުރާ މަރުކަޒުތަކާއި ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތަކުގައިވެސް ދިނަ އަދަދެއްގެ ބަޔަކު ކިއުގައި އެބަތިއްބެވެ.
މާލޭގައި މަސް ކޭސް ބެހުމަށް ކުރިން ނިންމި މަރުކަޒުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
މަސްކޭސްތައް ދޫކުރާ ތަންތަން
މިފްކޯއިން ބުނީ މަސްދަޅު ކޭސް ބަލާ އަންނައިރު ކަރަންޓް ބިލު ގެންނަން ޖެހޭކަމަށެވެ. އަދި ބަލާ އަންނަ މީހާގެ އައިޑީކާޑު ގެންނަން ޖެހޭކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިހާރު މަސްދަޅު ކޭސްތައް ދޫކުރާ ދުވަހާއި ވަގުތުތައް