މާލޭ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ ރޭގައެވެ. ކޭސްތައް ބަހަން ފަށަން ހަމަޖެހިފައިވާ ވަގުތުގެ އެތައް އިރެއް ކުރިން މީހުންވަނީ ނުކުމެ ދިގު ކިޔުތައް ދަމާލާފައެވެ. އަދި ރޭ ވަރަށް ދަންވަންދެން ގިނަ ބަޔަކު ވަނީ ކިއުތަކުގައި މަޑުކޮށްފައެވެ. ބައެއް މީހުން ތިން ގަޑިއިރަށްވުރެ ގިނަ އިރު ކިއުތަކުގައި ތިއްބެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމަށް އާއްމުންގެ ފަރާތުން ބޮޑު އިޖާބައެއް ލިބިފައިވާކަމަށެވެ. އެހެންކަމުން ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން އާއްމު ކުރާނެކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މާލޭގައި މަސްދަޅު ބެހުން ކުރިޔަށް ދާނީ މިމަހުގެ 28 ގެ ނިޔަލަށެވެ. އެހެންނަމަވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ 28، ގެ ނިޔަލަށް މަސްދަޅު ބެހުން ކުރިއަށް ގެންދާނެކަން އިއުލާންކުރި ނަމަވެސް، އެ މުއްދަތަށް ފަހުވެސް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދިގުކިޔުތަކުގައި ގިނަ ވަގުތު ނުތިބެ އެކަން ކުރެވޭނެ އިންތިޒާމު ހަޖައްސަވާނެކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މާލޭގައި މަސްކޭސްތައް ދޫކުރާ ތަންތަން
މިފްކޯއިން ބުނީ މަސްދަޅު ކޭސް ބަލާ އަންނައިރު ކަރަންޓް ބިލު ގެންނަން ޖެހޭކަމަށެވެ. އަދި ބަލާ އަންނަ މީހާގެ އައިޑީކާޑު ގެންނަން ޖެހޭކަމަށްވެސް މިފްކޯއިން ބުނެއެވެ. އަދި އެކަކަށް ފަސް ގޭބިސީގެ އެއްޗެތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.
މިހާރު މަސްދަޅު ކޭސްތައް ދޫކުރާ ދުވަހާއި ވަގުތުތައް