
އެމަނިކުފާނުން މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން "އެކްސް" ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ، ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި، ސިޔާދަތު، ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ "ދިވެހި" ބަހާކަމުގައިއެވެ.
ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހަކީ، ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހެވެ. މި ދުވަހަކީ، ބަހުގެ ތަފާތުކަމާއި، އަދި ބަހުގެ ސަގާފީ ތަފާތުކަމާއި ބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ބަސް ކުރިއެރުވުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަމުންދާތާ 25 އަހަރުވީ ރިހި ޔޫބީލް ފާހަގަކުރަމުންދާ މިއަހަރުގެ މިދުވަހުގެ ޝިއާރު އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ދުނިޔެއެއް ބިނާކުރުމަށްޓަކައި ބަހުގެ ތަފާތުކަމުގެ ކުރިއެރުންތައް ހަލުވިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.