
ރާކީ ސާވަންތު
ޕާކިސްތާނު ފުލުހަކާ ކައިވެނިކުރަން ބޭނުންވާކަމަށް ރާކީ ސަވަންތް ބުނެފި
އިމާދު އަލީ
21 ފެބްރުއަރީ 2025 - 13:15:25
ބޮލީވުޑްގެ މަޝްހޫރު ތަރި ރާކީ ސަވަންތް ޕާކިސްތާނު ފުލުހަކާ ކައިވެނިކުރަން ބޭނުންވާކަމަށް ބުނެފިއެވެ.
މި ވާހަކަ އޭނާ ދައްކާފައިވަނީ ޕާކިސްތާނުގެ ޓީވީ ހޯސްޓް މަތީރާ އާއެކު ކުރި ފޯނު އިންޓަވިއުއެއްގައެވެ.
ރާކީ ބުނި ގޮތުގައި އޭނާގެ މަރުވެފައިވާ ބައްޕަގެ ވަސިއްޔަތަކީ އޭނާ ފުލުހަކާ ކައިވެނިކުރުމެވެ. "ޕާކިސްތާނު ފުލުހުންނަކީ ވަރަށް ރީތި ބައެއް. އަހަރެންގެ އަތުގައި ހިފާނެ ފުލުހަކު އެބަހުރިތަ؟" ރާކީ ސުވާލުކުރިއެވެ.
މީގެ ކުރިން ރާކީ ވަނީ ޕާކިސްތާނުގެ އެކްޓަރު ދޯދީ ހާން އަދި މުފްތީ ގާވީގެ ކައިވެނީގެ ހުށަހެޅުންތަކަށް ދެކޮޅު ހަދާފައެވެ. ރާކީ އަކީ ކުރިން ދެ ފަހަރެއްގެ މަތިން، ރިތޭޝް ސިންގް އަދި އާދިލް ހާން ދުއްރާނީ އާ އިނދެ ވަރިވެފައިވާ މީހެކެވެ.
މީގެ 16 އަހަރު ކުރިން އޭނާގެ އަމިއްލަ ސްވަޔަމްވާ ޝޯއެއް ބޭއްވި ރާކީ އާ ކައިވެނިކުރުމަށް 16 ފިރިހެނަކު މަސައްކަތް ކުރި ކަމަށް އޭނާ ބުނެއެވެ. މި ޝޯގައި އެން.އާރު.އައި ވިޔަފާރިވެރި އެލެޝް ޕަރުޖަންވާލާ އާ އޭނާ އިނުމަށް ނިންމި ނަމަވެސް، ފަހުން ވަނީ ވަކިވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް