ގަމުގެ އިހުތިސާސް ތެރެއަށް ބޮޑުފިނޮޅު ބަދަލުކޮށް ރައީސްގެ ގަރާރު ގެޒެޓު ކުރީ އިއްޔެ އެވެ.
ގަމާ ޖެހިގެން އެއްފަހަށް އޮންނަ ބޮޑު ފިނޮޅަކީ މީގެ 17 އަހަރު ކުރިން، 2008 ވަނަ އަހަރު ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލޭގެ ކުރީގެ މޭޔަރު، އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏަށް ދޫކޮށްފައި އޮތް ރަށެކެވެ.
ނަމަވެސް, ބޮޑުފިނޮޅުގެ މަޝްރޫއު ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ގަމު ކައުންސިލުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ބޮޑުފިނޮޅު ގަމުގެ އިހުތިސޯސްގެ ތެރޭގައި ހިމެނުމަށް އެ ރަށު ކައުންސިލުން ސަރުކާރުގައި އެދުމުން، އެ ގޮތަށް ގަމުގެ ސަރަހައްދަށް ބަދަލު ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފަ އެވެ.