މާލޭގައި މިމަހުގެ 28 ގެ ނިޔަލަށް މަސްދަޅު ކޭސް ބެހުމަށް ވަނީ ނިންމާފައެވެ. ކުރިން އިއުލާންކޮށްފައިވާ ގޮތުން މިއަދު ހެނދުނު 10:00 ގައި މަސްދަޅު ކޭސް ބެހުން އޮންނާނެއެވެ. އަދި މާދަމާއިން ފެށިގެން މިމަހުގެ 28ގެ ނިޔަލަށް މެންދުރު 14:30 ގައިވެސް މަސްދަލު ބަހަށް ފަށަން އޮތީ ނިންމާފައެވެ.
މި ނިންމުމަށް ބަދަލު ގެންނަވާ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ދުވާލު ގަޑީގައި މަސްދަޅު ކޭސް ބެހުން ކުރިޔަށް ނުގެންދާނެކަމަށެވ.. އޭގެ ބަދަލުގައި މަސްދަޅު ކޭސް ބަހަމުން ގެންދާނީ ރޭގަނޑުކަމަށާއި އެންމެނަށް ލިބެންދެން ބަހާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރޯދަ މަހަށް ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލޭގައި މާދަމާ 13 ތަނަކު ބަހަމްުން ގެންދާނެކަމަށް ސިޓީތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. މިރޭ 8.00 ން 12.00 ޖަހަންދެން ކަނޑައެޅިފައިވާ ތަންތަނުން ރޯދަ ހަދިޔާ ދޫކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްދަޅު ކޭސްތައް ބަހާތަންތަން
ވަޒީރު އާދަމް ޝަރީފް އެދިވަޑައިގަތީ މަސްދަޚު ކޭސް ހޯދުމަށް ގިނަ ވަގުތު ތިބެންޖެހޭ ގޮތަށް ދިގު ކިޔުތަކަށް ނޭރުމަށެވެ. ވަޒީރު ވިދާޅުވީ މިމަހުގެ ނިޔަލަށް މަސްދަޅު ބަހަން ކަނޑައަޅާފައި އޮތްނަމަވެސް އޭގެ ފަހުންވެސް މަސްދަޅު ކޭސް ބަހާނެކަމަށާއި އެންމެނަށް ލިބެންދެން ރޯދަ ހަދިޔާ ބަހާނެކަމަށެވެ.
މަސްދަޅު ބެހި އަދަދުތައް
ވަޒީރު ވިދާޅުވީ މިހާތަނަށް މާލޭ ސަރަހައްދުގައި ޖުމްލަ 9394 މަސްދަޅު ކޭސް ބަހާފައިވާކަމަށެވެ.