ads
އައްޑީ ސިޓީއަށް ގެންގޮސްފައިވަނީ 1.8 މެގަވޯޓުގެ އާ ޖަނެރޭޓަރު ބޭނުންކުރަން ފަށާފައި
އައްޑޫއަށް ބޮޑު ޖަނެރޭޓަރު ގެންގޮސް ހިންގަން ފަށައިފި
އައްޑޫ ސިތީއަށް ދިމާވެފައިވާ ކަރަންޓްްގެ މައްސަލަ ހައްލުކުރަން ގެނައި ބޮޑު ޖަނެރޭޓަރެއް އެ ސިޓީއަށް ގެންގޮސް ހިންގަން ފަށާފައިވާކަމަށް ފެނަކައިން ބުނެފިއެވެ.
Advertisement

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަޤީން ކުރުމަށްޓަކައި، އެ ސިޓީއަށް ގެންގޮސްފައިވަނީ 1.8 މެގަވޯޓުގެ ޖެންސެޓެއްކަމަށް ފެނަކައިން ބުނެއެވެ. އަދި މި ޖަނެރޭޓަރު އިންސްޓޯލްކޮށް، މިހާރު ވަނީ ހިދުމަތަށް ބޭނުން ކުރަން ފަށާފައިކަމަށްވެސް ފެނަކައިން ބުނެއެވެ. 

މި ޖަނަރޭޓަރު ސެޓަކީ ސްޓެލްކޯއާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ގެނައި ޖަނަރޭޓަރެއްކަމަށް ފެނަކައިން ވަނީ ބުނެފައެވެ.  

your imageއައްޑީ ސިޓީއަށް ގެންގޮސްފައިވަނީ 1.8 މެގަވޯޓުގެ އާ ޖަނެރޭޓަރު ބޭނުންކުރަން ފަށާފައި 

ފެނަކައިން މިދިޔަ ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްތަކަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރޭވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގެ ދަތިތަކެެއް ކުރިމަތިވެ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހިފައިވާކަމަށެވެ.

މީގެއިތުރުން ހަލާކުވި ޖެނެރޭޓަރުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާކަމަށާއި އަނެއް ޖަނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ނިމޭނެކަމަށްވެސް ފެނަކައިން ނެރުނު ބަޔާނެއްގައިވެއެވެ. އަދި ދެން ހުރި ޖަނެރޭޓަރަށް ބޭނުންވާ ސްޕެއާ ރާއްޖެއިން ބޭރުން ގެނެސް އެ ޖަނެރޭޓަރު މަރާމާތުކޮށް ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ނިންމާ ހިންގަން ފަށާނެކަމަށްވެސް ފެނަކައިން ބުނެއެވެ.  

ފެނަކައިން ބުނީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން ފަށާ ދޮޅު އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް