ads
މޯދީ އަދި ވިކީ
"ޗާވާ" ފިލްމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ތައުރީފު
ވިކީ ކައުޝަލް އަދި ރަޝްމިކާ މަންދަންނާ ލީޑު ރޯލުން ފެންނަ "ޗާވާ" ފިލްމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތައުރީފުކުރައްވައިފިއެވެ.
Advertisement

ޗަތްރަޕަތި ސަމްބަޖީ މަހާރާޖްގެ ދިރިއުޅުމުގެ ވާހަކަ ބިނާކޮށް ހަދާފައިވާ މި ފިލްމަކީ މުޅި އިންޑިއާގައި ވެސް މިވަގުތު ވަރަށް މަގުބޫލު ފިލްމެކެވެ.

ނިއު ދިއްލީގައި ބޭއްވުނު ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު މޯދީ ވިދާޅުވީ މަރާތީ އަދި ހިންދީ ސިނަމާ އަށް މުންބާއީ އާއި މަހާރާޝްޓްރާ އިން ވަނީ އާ އުސްމިންތަކެއް ގެނެސްދީފައި ކަމަށެވެ. އަދި މިވަގުތު "ޗާވާ" ފިލްމުގެ މަގުބޫލުކަން މުޅި ގައުމުގައި ފެތުރިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ފިލްމަކީ ބޮކްސް އޮފީހުން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދަމުންދާ ފިލްމެކެވެ. ދުނިޔޭގެ ބޮކްސް އޮފީހުން 310.50 މިލިއަން ރުޕީޒް ހޯދާފައިވާ މި ފިލްމަކީ 2025 ވަނަ އަހަރު މިހާތަނަށް 300 މިލިއަން ވަދެފައިވާ ފުރަތަމަ ހިންދީ ފިލްމެވެ. އިންޑިއާގެ ބޮކްސް އޮފީހުން 225.28 މިލިއަން ރުޕީޒް ހޯދާފައިވާ މި ފިލްމަށް ގޯވާ އަދި މަދިޔަ ޕްރަދޭޝް ސަރުކާރުން ވަނީ ޓެކްސް މައާފުކޮށްދީފައެވެ.

ޝިވާޖީ ސަވަންޓްގެ މަރާތީ ނޮވެލްއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމުގައި ސަމްބަޖީ މަހާރާޖްގެ ހަޔާތުގެ ވާހަކަތައް ގެނެސްދީފައިވާ ގޮތަށްވެސް ބޮޑުވަޒީރު މޯދީ ތައުރީފުކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް