ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ސެއިންޓް ލޫސިއާގެ ވެރިންނަށް ރައީސް މުއިއްޒުގެ ހެޔޮއެދުންތައް
ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ އިސް ވެރިންނަށް ރައީސް މުހައްމަދު މުއިއްޒު ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
Advertisement

ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ސައިރިލް އީއެމް ޗާލްސްއާއި ބޮޑު ވަޒީރު ފިލިޕް ޖޯސެފް ޕިއޭރއަށް އަމާޒުކޮށް، އެ ބޭފުޅުންގެ ދުޅަހެޔޮކަމަށާއި އުފާފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ. މި މެސެޖު ފޮނުއްވާފައިވަނީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައެވެ.

މެސެޖުގައި ސެއިންޓް ލޫސިއާގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށްވެސް އެދިވަޑައިގެންފައިވެއެވެ. ސެއިންޓް ލޫސިއާއަކީ 1979 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު މިނިވަންކަން ހޯދި ގައުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް