ބެއިޖިންގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން އަފީފެވެ. އަދި ޗައިނާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ލިން ޔުޗެންޖެވެ.
މި އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްއިން އުފައްދާ ދަޅުމަހާއި ގަނޑުކުރި ރޯމަސް ފަދަ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ނެރެވޭނެއެވެ. މިއީ މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.
ސަރުކާރުން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް އިތުރު ފުރުސަތުތަކެއް ލިބި، ވަޒީފާގެ އާ ފުރުސަތުތައް އުފެދިގެންދާނެ ކަމަށެވެ.