ads
ޓްރެފިކް ފުލުހުން:
ގޭންގުތަކުގެ 2،394 އުޅަނދު ބަލައި ފާސްކޮށް، 144 އުޅަނދު ޓޯކޮށްފި
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގޭންގުތަކަށް ނިސްބަތްވާ މީހުން ބޭނުންކުރާ ކަމަށް ބެލެވޭ 2،394 އުޅަނދު ބަލައި ފާސްކޮށް، އޭގެ ތެރެއިން 144 އުޅަނދު ޓޯކޮށްފިއެވެ.
Advertisement

ފުލުހުންގެ އިންސްޕެކްޓަރު ވައްގާސް ޝަރީފް ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވިދާޅުވީ ޓޯކުރެވުނު އުޅަނދުތަކުގެ ތެރޭގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތަކާއި، ޖިނާއީ ކުށްތައް ކުރުމަށް ބޭނުންކުރާ އުޅަނދުތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ވަގަށް ނަގައިގެން އަދި ވަގު ބޯޑު އަޅައިގެން ދުއްވާ ގިނަ އަދަދެއްގެ އުޅަނދުތައް ވެސް ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މި އޮޕަރޭޝަނުގައި ގޭންގުތަކުން އާންމުންނަށް އުނދަގޫވާގޮތަށް އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި 87 ޖޯލިފަދަ ތަކެތި ނަގާފައިވެއެވެ. އަދި ވަކި ސަރަހައްދަކީ ވަކި ގޭންގަކަށް ނިސްބަތްވާ ސަރަހައްދެއްކަން ދެއްކުމަށް ޖަހާފައި ހުރި ގްރެފިޓީތައް ވެސް ފޮހެލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ގޭންގު ހަރަކާތްތައް ހުއްޓުވުމަށާއި މާލޭގެ މަގުތަކުގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށް ކަމަށް އިންސްޕެކްޓަރު ވައްގާސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް