
މާލޭ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް މަސްކޭސް ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެރެއެވެ. އެރޭ ގިނަ ބަޔަލު ނުކުމެ ދިގު ކިޔުތަކުގައި ތިބެންޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެވެ. އެއާއި އެކު މަސްކޭސް ބަހާތަންތަން އިތުރުކޮށް ނަމްބަތު ދޫކުރަން ޕޯޓަލެއް ހަދާ ެއެ ޕޯޓަލް މެދުވެރިކޮށް ނަމްބަރު ދޫކުރަން ފެށިއެވެ.
ސިޓީތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމާރު ވިދާޅުވީ މަސްކޭސް ދޫކުރާ ތަންތަން އިތުރުކޮށް ނަމްބަރު ލިބޭގޮތް ފަސޭހަކުރުމުން ރޭ މަސްދަޅު ބެހުމުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށް އަދި ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިންކަމަށެވެ. އެހެންކަމުން އިތުރަށް ފަސޭހަކުރުމަށް މިރޭ 18:00 ގައި ޓޯކަން ދޫކުރުން އަލުން ފަށާއިރު އިތުރު ބައެއް ބަދަލުތަން ގެންނަން ނިންމާފައިވާކަމަށެވެ.
މިރެއިން ފެށިގެން ގެންނަ ބަދަލުތައް
- ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށްވުރެ އިތުރުކުރުން
- މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީހު (އަވަސްކޮށް) ރީޝެޑިއުލްކުރުމުގެ ފުރުސަތު ދިނުން
- ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.