އިމިގްރޭޝަނުން ބުނީ ރޭ ވަގުތެއްގައި ކާނާ ވިހަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީންގެ ހާލު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެ މީހުން މިހާރުވަނީ އަނބުރާ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައި ކަމަށްވެސް އެ އޮފީހުން މައުލޫމާތު ދިނެވެ.
މި ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކޮމިޝަނުން ބުނީ ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލުގައި އެނދުމަތިވާން ޖެހުނު މައްސަލަ ގާތުން ބަލަމުންދާ ކަމަށެވެ.
ނަމަވެސް މި ހާދިސާގައި ބިދޭސީން ކާނާ ވިހަވުމަށް މެދުވެރިވީ ކޮން ބާވަތެއްގެ ކާނާއެއް ބޭނުންކޮށްގެން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.