
މި ލެޕްޓޮޕްތައް ހަދިޔާކުރީ ހުޅަނގު ދެކުނު އޭޝިއާގައި ޖެހޭ ބަލިތައް ފެތުރުން މަދުކުރުމަށް ބޯޑާ ކޮންޓްރޯލް ކުރުމުގެ ގާބިލްކަން އިތުރުކުރުމުގެ މަޝްރޫއުގެ ދަށުންނެވެ. މިކަމާ ގުޅޭގޮތުން އައި.އޯ.އެމް އާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީއާ ދެމެދު ބޭއްވި ބައްދަލުވުމުގައި އައި.އޯ.އެމްގެ ޗީފް އޮފް މިޝަން، ކްރިސްޓިން ޕަރކޯ އާއި ސީނިއަރ ޕްރޮގްރާމް މެނޭޖަރ ޝަންތާ ކުލަސެކަރަ ބައިވެރިވިއެވެ.
އޮޕަރޭޝަން ކުރަނގި ސަރުކާރުން ފެށީ މިދިޔަ އަހަރުގެ މެއި 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ނަގަމުންދެއެވެ. އަދި މިކަމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް 20 ކަމަށް ވަނީ ހަމަޖެހިފައެވެ.
މި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް މައުލޫމާތު ހިއްސާނުކުރާ ބިދޭސީން ރާއްޖެއިން ޑިޕޯޓްކުރެވޭނެއެވެ. އަދި އެފަދަ މީހުން ގެންގުޅޭ ފަރާތްތަކުގެ އެކްސްޕެޓް ސިސްޓަމްގެ ހިދުމަތްތައް ވެސް މެދުކަނޑާލެވޭނެއެވެ.