ads
ކުޑަހުވަދޫއަށް ރައީސް މުއިއްޒު ކުރައްވާ ޒިޔާރަތުގެ ތެރެއިން
މިރޯދަ މަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެ: ރައީސް
މިރޯދަ މަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ވެރިރަށް ކުޑަހުވަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކަރަންޓް ބިލްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން ދޮގު ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. އެގޮތުން ރޯދަމަހު ސަރުކާރުން ދިން މަސްދަޅުތަކަށް ކުރި ހޭދަ ހޯދަން އެބައި ފެން ބިލާއި ކަރަންޓް ބިލުން އަތުލާނެކަމަށް ބުނެ ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. 

" އަޅުގަނޑު މި ވާހަކަ މީގެކުރިންވެސް ވާނީ ދަންނަވާފައި. މިދިޔަ އަހަރުގެ 8 ޑިސެމްބަރުގައި އއ. މަތިވެރީގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާންމަހު ދިންގޮތަށް މި ފަހަރުވެސް ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނަމޭ. ހަމައެކަން އެގޮތަށް ކުރިއަށްގެންދާނަން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މިރޭވެސް ވަނީ ރައްޔިތުން ކިބައިން ދޮގު ތެރު ދެނެގަތުމަށް އިލްތިމާސްކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ މީހަކު ދައްކާހާ ވާހަކައެއް ހަމަ ބަލާލުމެތް ނެތި ގަބޫކުރުމަކީ ދީނީ ގޮތުންވެސް ހުއްދަކަމެއް ނޫންކަމަށެވެ. 

" ދޮގު ހޭދީމަ އެއީ ދޮގެއްކަން ދެނެގަތުމަކީ އެ އަޑުއަހާ މީހެއްގެ ޒިންމާއެއް." ރައީސް ވިދާޅުވިއެވެ.

މިދިޔަ ރޯދަމަހު ސަރުކާރުން ކަރަންޓް ބިލާއި ފެން ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މިދިޔަ ރޯދަމަހު 82،000  ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައިވާކަމަށްވެސް ސަރުކާރަށް އަހަރެއް ފުރުނު ދުވަހު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް