ads
ފޮޓޯ: ދިރާގު
144 ހިއްސާދާރުންނާއެކު ދިރާގުގެ އަހަރީ އާންމު ޖަލްސާ ކާމިޔާބު ކަމާއެކު ނިންމާލައިފި
144 ހިއްސާދާރުން ބައިވެރިވި ދިރގުގެ އަހަރީ އާންމު ޖަލްސާ ކާމޔާބު ކަމާއެކު ނިންމާލައިފި އެވެ.
Advertisement

ހައިބްރިޑް މޮޑެލްއެއްގައި ކުރިއަށް ގެންދިޔަ ދިރާގުގެ މި ޖަލްސާ ބާއްވާފައިވަނީ ކްރޮސް ރޯޑްގައި އެވެ.

އަހަރީ އާންމު ޖަލްސާގައި 144 ހިއްސާދާރުން ބައިވެރިވިއިރު މީގެތެރޭގައި 113 ހިއްސާދާރުން އަދި 36 ހިއްސާދާރުންގެ ޕްރޮކްސީ ދީފައިވާ ފަރާތްތައް ހިމެނޭ ކަމަށް ދިރާގުން ބުނެ އެވެ.

ކުރީ އަހަރުތަކާ ވެސް އެއްފަދައިން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓު ވެސް ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށް ދިރާގުން ބުނެ އެވެ. އަދި 71،335،282 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ހަތަރު ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

ފާސްކޮށްފައިވާ 4 ރިސޮލިއުޝަން:

  • 2024 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ ރިސޮލިއުޝަން
  • 2024 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމުގެ ރިސޮލިއުޝަން
  • 2025 ވަނަ މާލީ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުމުގެ ރިސޮލިއުޝަން
  • 2024 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން

މިދިޔަ އަހަރު ދިރާގުން ހާއްސިލުކޮށްފައިވާ ކާމިޔާބީތަކަށް ބަލައިލާއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފައިވުން، ޑިޖިޓަލް ސާވިސް ފޯރުކޮށްދިނުމުގައި އެންމެ ކުރީގައިވާ ފަރާތުގެ މަގާމް އިތުރަށް ވަރުގަދަކޮށް، %100 މޮބައިލް ކަވަރޭޖްއާ އެކު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީފައިވުން ހިމެނެ އެވެ. އަދި އޫކްލާއިން ދޭ "މޯލްޑިވްސް ފާސްޓަސްޓް މޮބައިލް ނެޓްވޯކް" ގެ އެވޯޑް ވިދިވިދިގެން 3 ވަނަ އަހަރު ހޯދުމާއި 5ޖީ ހިދުމަތް އާބާދީގެ %60 އަށް ފޯރުކޮށްދިނުން ހިމެނޭކަން ދިރާގުން ފާހަގަކުރެ އެވެ.

ދިރާގުން ބައިނަލްއަގުވާމީގޮތުން ހޯދާފައިވާ ސެޓްފިކޭޝަންތައް:

  • އަައިއެސްއޯ އައިއީސީ ސެޓްފިކެޓް އައުކޮށް ބައިނަލް އަގުވާމީ ސެކުއުރިޓީ މެނޭޖްމަންޓް މިންގަޑު ދެމެހެއްޓުން.
  • ދިރާގުގެ ޑޭޓާ ސެންޓަރަށް ޓިއަ 4 ގެ ސެޓިފިކޭޝަން ހޯދުން
  • އޭއެންއެސްއައި ޓީއައިއޭ 942 ސީ ގެ ލެވެލް 4 ގެ ސެޓިފިކެޓް ހޯދައި ރާއްޖޭގައި މިފަދަ އިންފްރާސްޓްރަކްޗަރަލް އަދި ރިލައިބިލިޓީ ޔަގީން ހިދުމަތްތައް ފޯރުކޮށްދޭ ފުރަތަމަ ސާވިސް ޕްރޮވައިޑާގެ މަގާމް ހޯދުން.
  • ސައުތު އީސްޓް އޭޝިޔާ، މިޑްލް އީސްޓް އަދި ވެސްޓަރން ޔޫރަޕާއި ރާއްޖެ ގުޅާލަދޭ ސީމީވީ6 ސަބްމެރީން ސިސްޓަމް ރާއްޖެއާ ގުޅާލައި، މުޅި ދުނިޔެއާ އޮތް ޑިޖިޓަލް ގުޅުން އިތުރަށް ވަރުގަދަ ކުރުން.

2024 ވަނަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރާއި އަޅައިބަލާއިރު 5.9 އިންސައްތާގެ އިތުރު އަދަދެއްކަން ދިރާގުން ބުނެއެވެ. މިއީ ދިރާގުގެ ހިތުމަތްތައް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓާޕްރައިސް ސެގްމަންޓްގެ ޕަފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށވާއިރު 2023 ވަނަ އަހަރާ އަޅާ ބަލާއިރު 2024 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ %5.1 ގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިކަމަށް އެކުންފުނިން ފާހަގަކުރެ އެވެ. އަދި، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ހޯދައި، 2023 އަށް ވުރެ %5.5 ގެ ކުރިއެރުމެއް ދިރާގުން ވަނީ ހޯދައިފަ އެވެ.

ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ދިރާގުން ވަނީ 2024 ވަނަ އަހަރު 574 މިލިއަން ރުފިޔާ ހަރަދުކޮށް، ނެޓްވާކް ފުޅާކޮށް ހަރުދަނާކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފައިވެ އެވެ.

ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ދިނުމަށް ހުށަހަޅައި ފާސްކޮށްފައިކަން ދިރާގުން ފާހަގަކުރެ އެވެ. މީގެ ތެރޭގައި، 2024 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނޭ ކަން ދިރާގުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް