
ދ. މީދޫ ރައްޔިތުންނާއި ބައްދަލުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭސް ލިބުން ދަތިވީ ބޭސް ވިއްކާ ފަރާތްތަކުން ނަގަމުންދިޔަ ބޮޑު ފައިދާ ހުއްޓުވާ އެސްޓީއޯގެ ރޭޓުން ބޭސް ވިއްކަން މަސައްކަތް ކުރުމުން އެ ފަރާތަކުން ބޭސް ގެނައުމުގައި ދަތިތައް ކުރިމަތިކުރުމުންކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބޭސް ވިއްކާ އެތައް ބަޔަކު ދިޔައީ 1000 އިންސައްތަ 2000 އިންސައްތައިގެ ފައިދާ ލާ ރައްޔިތުން ޓެކްސް ފައިސާ އާސަންދަ ތެރެއިން ނަގަމުންކަމަށެވެ. ސަރުކާރުން އެކަން ހުއްޓުވަމް މަސައްކަތް ކުރުމުން ބޭސް ވިއްކާ މީހުން ދަތިކުރީކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ހާއްސަ އެހީތެރިކަމެއް ދީގެން އެ މައްސަލަ ހައްލުކޮށް އެސްޓީއޯއިން އެދަނީ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރަމުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ދެން ހުރި ހުރިހާ ބޭހެއްވެސް އޭގެ އެއްމަސްދުވަސް ފަހުން އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަސާސީ ހިރިހާ ބޭހެއް އަންނަމަހުގެ 15އިން ފެށިގެން ދަތިކަމެއް ނެތި އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެކަަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ދެން ހުރި ހުރިހާ ބޭހެއްވެސް އޭގެ އެއްމަސްދުވަސް ފަހުން އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު މިރޭ ވަނީ ދެއްވާފައެވެ.
.