
އެ މަނިކުފާނު މިކަން އިއުލާންކުރެއްވީ، ދަ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މިހާރު ވާނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިކަމަށެވެ. އަދި ނުހިއްކާ އޮތްތަނުން ގޯތި ލިބުނު އެންމެނަށްވެސް މިހާރު ހިއްކާފައި އޮތް ސަރަހައްދުން ގޯތި ހަމަޖެހިގެންދާނެކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިން ވަކިކޮށް ގޯތި މިވަގުތު ހަވާލުކުރުމުން އިސްތިސްނާވާނީ ބްރިޖުގެ މަސައްކަތް ހިނގާ ސަރަހައްދުން ގޯތި ލިބުނު ފަރާތްތައް އެކަނިކަމަށް ރައީސް ވިދާޅުވިއެވެ.
ގިރާވަޜު ފަޅު ހިއްކަން ކުރީ ސަރުކާރުން ހަދާފައިވަނީ ސަރުކާރަސް ގެއްލުންވާ ވަރަށް ގޯސް އެގްރިމެންޓެއްކަން ފާހަގަކުރައްވަމުން ކަމާއި ގުޅޭ އިދާރާއިން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެ އެއްބަސްވުން ބާތިލުކުރުމަށް ފަހު ސަރުކާރުން އެ މަސައްކަތާއި ހަވާލުވެ އެތަން ހިއްކާ ނިންމާނެކަމަށްވެސް ރައީސް މިރޭ ވަނީ ވިދާޅުވެފައެވެ. އަދި ހިއްކާ ނިމުނުހާ އަވަހަކަށް އެތަނުން ގޯތި ލިބުނު މީހުންނަށްވެސް ގޯތިދީ ވެވަޑައިގެންނެވި ވައުދި ފުއްދަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އުތުރު ފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާ، އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނޭކަމުގެ ޔަގީންވެސް ރައީސް ވަނީ ދެއްވާފައެވެ. އަދި ހުޅުމާލޭ ފަޅުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިމޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.