ads
ކްރިމިނަލް ކޯޓު
ޑްރަގާއެކު ހައްޔަރު ކުރި އަންހެނަކު ރޯދަ މަހު ބޮޑުބައެއް ބަންދަށް
މަސްތުވާތަކެއްޗާއެކު މާލޭން މިއަދު ހައްޔަރު ކުރި އަންހެނަކު ރޯދަ މަހުގެ ބޮޑު ބައެއް ބަންދުގައި ހޭދަކުރަން ޖެހިއްޖެ އެވެ.
Advertisement

މަސްތުވާތަކެއްޗާއެކު މިއަދު މާލޭން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ އަންހެނެކެވެ. އެ މީހާއަކީ ގދ. ރަތަފަންދޫ ނޫމާގެ، ސަފާ އަހްމަދެވެ. އޭނާގެ ބަންދަށް ކޯޓުން މިއަދު 30 ދުވަސް ޖަހާފައިވެ އެވެ.

ސަފާ އަހްމަދުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހާފައިވުމުން، ކުރިއަށް އޮތް ރޯދަ މަހުގެ ބޮޑު ބައެއް އޭނާ ހޭދަކުރަން ޖެހޭނީ ބަންދުގައެވެ.

މަސްތުވާތަކެއްޗާއެކު ސަފާ އަހްމަދު މިއަދު ހައްޔަރުކޮށްފައިވާއިރު، މިއީ މަހެއްހާ ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރި ހަތްވަނަ އަންހެން މީހާއެވެ. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މާލޭން އަންހެން ގްރޫޕެއް މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރިއިރު، 14 ކިލޯގެ މަސްތުވާތަކެއްޗާއެކުވެސް ޒުވާން އަންހެނަކު ހައްޔަރު ކުރިއެވެ. އަދި އުތުރުގެ ރަށަކުން މަސްތުވާތަކެއްޗާއެކު ދެމައިން ހައްޔަރުކުއިރު، އެހެން ދެ ގްރޫޕަކާ އެކުވެސް މަސްތުވާތަކެއްޗާއެކު ދެ އަންހެނަކު ހައްޔަރު ކުރި އެވެ.

މިއަދު ހައްޔަރުކޮށް މުއްދަތު ޖެހި ސަފާ އަހްމަދުގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފަ އެވެ. އަދި އެ މީހާއަށް ފަރުވާ ބޭނުންކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް