ads
ހިޔާ ފްލެޓްގައި ވަޅިން ބިރު ދެއްކި މީހާ
ހިޔާ ފްލެޓްގަައި ވަޅިން ބިރު ދައްކާ މީހަކު ހައްޔަރުކޮށްފި
ހިޔާ ފުލެޓެއްގައި ވަޅިން ބިރު ދައްކައި، މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކުރީ ސ. މަރަދޫ، ފިޔާތޮށިގެ އުމުރުން 26 އަހަރުގެ މުހައްމަދު ލުބާން ގައްހާރުކަމަށެވެ.

ފުލުހުން ބުނީ  މީނާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ 22:54ހާއިރު، ހިޔާ ފުލެޓެއްގައި ވަޅިން ބިރު ދައްކައި މާރާމާރީ ހިންގަން އުޅުނުކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެންކަަމަށެވެ. މީނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް