
ބޭންކް އޮފް މޯލްޑިވްސް އިން އެސްޓީއޯ އާ ގުޅުނީ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށެވެ.
ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެސްޓީއޯގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ 28 ފެބުރުވަރީގައި މި ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާ ނިމޭއިރު، ބީއެމްއެލް ކާޑުން އެސްޓީއޯއިން އިން ވިޔަފާރި ކޮށްގެން ދެ ފަރާތަކަށް 5،000 ރުފިޔާގެ އެސްޓީއޯ ގިފްޓް ވައުޗާއެއް ލިބޭނެ ކަމަަށެވެ. އަދި 1 މާރިޗު އިން ފެށިގެން 7 އޭޕްރީލް ގެ ނިޔަލަށް އެސްޓީއޯއިން އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އޭގެއިތުރުން ބީއެމްއެލްއިން މައުލޫމާތު ދޭގޮތުގައި "ރަން ފުރުސަތު" ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކަމަށް ބުނެއެވެ.
ޕްރޮމޯޝަން އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް https://www.bankofmaldives.com.mv/ran-furusathu އަށް ޒިޔާރާތްކޮށްލުމަށް އެ ބޭންކުން އެދެއެވެ.