ads
ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓުގައި މަރުވި ޒުވާނާ؛ ފޮޓޯ : އަދަދު
އައްޑޫ އެކްސިޑެންޓްގައި މަރުވި ޒުވާނާގެ ޖަނާޒާ މިރޭ މާލޭގައި
ހަންކެޑަ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްވެ ޒުވާނާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
Advertisement

މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި މަރުވެފައިވަނީ ގ. ނައިޓް ޑްރީމް އުމުރުން 24 އަހަރުގެ ލީވާން އަބްދުއް ސައްތާރެވެ. 

މި ޒުވާނާގެ ޖަނާޒާ އޮތީ މިރޭ 23:30 ގައި އާސަހަރާގައެވެ. 

ލިވާން މަރުވެފައިވަނީ އެކްސިޑެންޓަށް ފަހު ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެެއްގެ ތެރޭގައެވެ. 

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑެއްގައި މަރަދޫއިން ހިތަދޫއަށް ދުއްވާފައި ދިޔަ ސައިކަލެއް ބްރިޖުގެ ބެންޑު ހިސާބުން ކޮންޓްރޯލްނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށެވެ. 

އެނގިފައިވާ މި ހާދިސާގައި މަރުވި ޒުވާނަކީ އައްޑޫ ސިޓީގައި އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން ބާއްވާ މުބާރާތެއްގައި ބައިވެރިވާން ގޮސް އުޅޭ ޒުވާނެކެވެ

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް