ads
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑު ވަޒީރު މޯދީއާއެކު
ފްލައިޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ގެ ތައުޒިޔާ
އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން އިންޑިއާގެ އަހްމަދާބާދުން ފުރި އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
Advertisement

މި ހާދިސާއާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އިންޑިއާއަށް ހިތާމަވެރި ވަގުތެއް ކަމަށެވެ. އަދި ކުރިމަތިވެފައިވާ މި އުނދަގޫ ވަގުތުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހި ސަރުކާރުން އޮންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

އެއާ އިންޑިއާގެ ފްލައިޓް އޭއައި 787 ވެއްޓުނުއިރު އެ ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫން ތިބިކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ. ދަތުރުވެރިންގެ ތެރޭގައި އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްއަށް ނިސްބަތްވާ ހަތް މީހުންގެ އިތުރުން ކެނެޑާގެ މީހެއް ހިމެނެއެވެ. ބޯޓު ވެއްޓިފައިވަނީ ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށެވެ. އަދި ބޯޓުގެ ބައެއް ބައިތައް އެ އިމާރާތުގެ ތެރޭގައި ވެސް ވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. ވެއްޓުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް