ads
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމުގައި ކާމިޔާބީތަކެއް ހާސިލުކުރެވިއްޖެ: މިނިސްޓަރު
ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުން ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ 2025 އިން 2029 އަށް އެކުލަވާލާފައިވާ ނެޝަނަލް މެންޓަލް ހެލްތު ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މިގޮތުން ނަފްސާނީ ބަލިތަކަށް ފުރަތަމަ އެހީ ފޯރުކޮށްދިނुމަށް ގައުމީ ހެލްޕްލައިނެއް ގާއިމުކުރެވި، އޭގެ ހިދުމަތް ދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ އެހީގައި މެންޓަލް ހެލްތަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަތޮޅުތަކުގައިވެސް މި ހިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ނަފްސާނީ ސިއްހަތަށް އިންވެސްޓްކުރުމަކީ ގައުމުގެ އުފެއްދުންތެރިކަމަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށާއި، އިގްތިސާދަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާ އެކްޝަން ޕްލޭންގައި ސިޔާސަތުތަކާއި، މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމާއި، ނަފްސާނީ ސިއްހީ މައްސަލަތަކުގެ ސަބަބުން ހުންނަ ތަފާތުކުރުންތައް ކުޑަކުރުމަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް