
ފިނޭންސް މިނިސްޓްރީން ނެރުނު އާއްމުކުރި އިސްލާހުގައިވާ ގޮތުން އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއ،ި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް ބިޑަކަށް ނުލާ ބަޔަކާއި ހަވާލުކުރުމުގެ ބާރު ވަޒީރުންނަށް ވަނީ ދީފައެވެ.
މީގެއިތުރުން ޕީއެސްއައިޕީގެ ތެރެއިނ،ް ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައ،ި މިނިސްޓަރުގެ ލަފާގެ މަތިނ،ް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ބަޔަކާ ހަވާލުކުރުމަށް ނިންމައިފި ނަމ،ަ އެ މަޝްރޫއަށް ބިޑު ސެކިއުރިޓީއާއި ޕާފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާކުރުމުގެ އިޚްތިޔާރާއި ބާރުވެސް ވަނީ ވަޒީރަށް ދީފައެވެ.
ބިޑަކަށް ނުލައި މަޝްރޫއުތައް ހަވާލު ކުރެވޭނެ އަދި ތަކެތި ހޯދޭނެ އުސޫލެއް މީގެ ކުރިން ވެސް މާލިއްޔަތުގެ ގަވާއިދުގައި އޮވެއެވެ. އެހެންނަމަވެސް އެ ދީފައި އޮންނަނީ ބާރު ވަޒީރުންގެ މަޖިލީހަކަށް ނޫނެނެވެ.
މާލިއްޔަތު ގާނޫނަށް ގެނަައި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.