ads
އެކްސިޑެންޓެއް (ފައިލް ފޮޓޯ)
މީގެ 15 އަހަރު ކުރިން މީހަކު މަރުވި އެކްސިޑެންޓް؛ ސާބިތުނުވި
މީގެ ގާތްގަނޑަކަށް 15 އަހަރު ކުރިން، 2014 ވަނަ އަހަރު އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު ނިޔާވި މައްސަލަ، ކުށް ސާބިތު ނުވެ ނިމިއްޖެ އެވެ.
Advertisement

އައްޑޫ ސިޓީގެ މަރަދޫގައި 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ހިނގި މި އެކްސިޑެންޓާ ގުޅިގެން، ދައުލަތުން ދައުވާ ކޮށްފައިވަނީ ސ. ފޭދޫ މަގިކެޑަގެ އިބްރާހީމް ގާސިމްގެ މައްޗަށެވެ. 

މި މައްސަލައާ ގުޅިގެން ދައުލަތުން އިބްރާހީމް ގާސިމްގެ މައްޗަށް ކުރީ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާކޮށްފައެވެ. އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވީ، އެކްސިޑެންޓްގެ ދެ ދުވަސް ފަހުންނެވެ. އޭނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށެވެ.

އެ އެކްސިޑެންޓްގެ މަންޒަރު ދުށް ބައެއް މީހުން އޭރު ބުނެފައިވާ ކަމަށް ރިޕޯޓްތަކުގައިވަޏީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މަރަދޫ ބޮޑުމަގުގައި ހުންނަ ފިހާރައެއް ހިންގާ ގެއަކަށް ވަންނަން ދިޔަ ސައިކަލެއް މަގުމަތިން އަނބުރާލި ވަގުތު ބާރު ސްޕީޑުގައި އައި އެހެން ސައިކަލަކުން ޖެހިގެން ކަމަށެވެ. 

ބާރަށް ދުއްވާފައި އައި ސައިކަލް ދުއްވާފައި އައީ ފޭދޫއާ ދިމާލުން ކަމަށާއި، އެ ސައިކަލް ދުއްވަން އިން މީހާއަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ކުރީގެ ރިޕޯޓުތަކުގައި ވެއެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އިބްރާހީމް ގާސިމް އެކްސިޑެންޓަށް ފަހު ފިލި ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ފަހުން ހައްޔަރު ކުރީ ކޯޓު އަމުރަކަށެވެ. އެކަމަކު ގާސިމްވަނީ އޭނާ ފިލިކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

15 އަހަރު ކުރީގެ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން މައްސަލަ ސާބިތު ނުކުރެވުނުކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން ދޭހަވެ އެވެ. މި އެކްސިޑެންޓްގެ މައްސަލަ، އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ މި ހަފްތާތެރޭގަ އެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ފޭދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އަފީފްވަނީ މި މައްސަލައަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، ސާބިތުވާ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް