ads
ފޮޓޯ: ދިރާގު
ަމުޅިން އާ ފީޗާތަކާއެކު "ދިރާގުޕޭ" ގެ އާ ޕްލެޓްފޯމް ލޯންޗްކޮށްފި
ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައި ދިރާގު ފިންޓެކްގެ އީ ވޮލެޓް "ދިރާގުޕޭ"ގެ އާ ޕްލެޓްފޯމް މުޅިން އައު ފީޗާތަކަކާއެކު ލޯންޗްކޮށްފިއެވެ.
Advertisement

ދިރާގުގެ މި ޕްލެޓްފޯމް ލޯންޗްކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވައިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާނަރު  އަހުމަދު މުނައްވަރުއެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ގަވާނަރު ވަނީ، ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ބޭންކުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެންމެ އެކަށީގެންވާ ފަރާތަކީ ދިރާގުކަމަށް ފާހަގަކުރައްވައިފައެވެ.

ދެ ފަރާތް އެއްކޮށް މަސައްކަތް ކޮށްގެން، ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުކުރެވިދާނެ ވާހަކަވެސް މުނައްވަރު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ، އަދި ދިރާގު ފިންޓެކްގެ ޗެއަމަން އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި، ކުރިން ހަމައެކަނި އީ-ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ދިރާގުޕޭގެ ޕްލެޓްފޯމް މިހާރު މިވަނީ ސޮފިސްޓިކޭޓެޑް ޕޭމަންޓް ސިސްޓަމަކަށް އަޕްގްރޭޑްކޮށްފައި ކަަމަށެވެ. 

"ދިރާގުގެ ނެޓްވޯކްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަ ނެޓްވޯކް، މިއާއެކު، ދިރާގުގެ ދެން އޮތް އަމާޒަކީ، ކަސްޓަމަރުންނާ، ވިޔަފާރިތަކާ، މުޖުތަމައުއަށް، އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށްދީ، ގައުމު އިތުރަށް ކުރި އެރުވުން. އެހެންކަމުން، ދިރާގުޕޭ އަށް މި ގެނައި ބަދަލުތަކަކީ ދިރާގުން ބޭނުންވާ މިސްރާބަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރަން" ދިރާގުގެ ސިއީއޯ ވިދާޅުވިއެވެ.

ދިރާގުޕޭ އަށް ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގު ފިންޓެކްގެ މެނޭޖިން ޑިރެކްޓަރު، ފަޒްލީނާ ފާކިރު ވިދާޅުވި ގޮތުގައި، ދިރާގުޕޭ އަށް މި ގެނައި އަޕްގްރޭޑަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި، ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ބޭނުންކުރެވޭނެ ޕްލެޓްފޯމެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދިރާގުޕޭގެ ތަސައްވުރަކީ ފިންޓެކް ސޮލިއުޝަންތައް އެއްވެސް ބަޔަކު ބާކީ ނުކޮށް، ހުރިހާ ފަރާތްތަކަށް ވެސް ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.

އަޕްގްރޭޑްކޮށްފައިވާ ދިރާގުޕޭގެ އައު ޕްލެޓްފޯމް އިން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވާ ޓްރާންސްފަރާ، ބިލަށް ފައިސާދެއްކުން ހިމެނެއެވެ. އަދި، ކުރީގެ ޕްލެޓްފޯމް ބޭނުން ކުރަމުން ދިޔަ ފަރާތްތަކުގެ އެކައުންޓްގައި ބާކީ ހުރި ފައިސާ، ރައްކާތެރިކަމާއެކު އާ ޕްލެޓްފޯމަށް މައިގްރޭޓް ކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ފިންޓެކް އަކީ، ދިވެހިރާއްޖޭގެ މާލީ ނިޒާމުގައި ހިމެނޭ ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހައްލުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން 2023 ވަނަ އަހަރު އުފައްދައިފައިވާ، ސައްތައިން ސައްތަ ދިރާގު ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރައިގެ ޚިދުމަތް ތައާރަފްކުރުމާއެކު، ދިރާގު ފިންޓެކް ވެގެން ގޮސްފައި ވަނީ ބޭންކު ނޫން ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅުނު ފުރަތަމަ ފަރާތަށެވެ. ދިވެހިރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މި ކުންފުނި ދަނީ ހަރަކާތްތެރިވަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް