އެންމެ ފަހުން މަސްދަލު ކޭސް ބަހަމުން އައީ، ރޭނގަޑު 8:30އިން ފެށިގެން12 އަށެވެ. ނަމަވެސް ރޯދަ މަސް ފެށޭތީ އެސްޓިއޯއިިން ވަނީ މާދަމާއިން ފެށީގެން މި ގަޑި ބަދަލު ކުރަން ނިންމާފަ އެވެ.
މަސްދަޅު ކޭސް ބަހާ ގަޑިތައް
މާޗު މަހުގެ އެއްވަނަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށްވުމާއެކު އެ ދުވަހު މަސްދަޅު ކޭސް ނުބަހާގޮތަށް ވަނީ ނިންމައިފަ އެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.