
ޒަކާތު ހައުސްއިން ބުނީ ދިރާގު އެޕް އަދި ދިރާގު ޕޭގެ އިތުރުން، އުރީދޫ އެމް ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކު، ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕް، ފަހިޕޭ އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށެވެ. މީގެ ތެރެއިން ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
އޮންލައިން ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކައުންޓަރު ހުޅުވާލައިފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ. މި ކައުންޓަރުތަކުން މާރިޗު 2 އިން 20 އަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:30 އިން 13:00 އަށް ޒަކާތް ބަލައިގަންނާނެއެވެ. އަދި މާރިޗު 23 އިން 30 އަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި 11:00 އިން 14:00 އަށް ޒަކާތް ބަލައިގަންނާނެއެވެ.
ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ކަމަށްވެސް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.