މދިޔަ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓް އަލުން ރިވިއުކުރުމަށްފަހު މި ސަރުކާރުން އާއްމުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ސަރުކާރުން އާއްމުކުރި ލިސްޓުގައިވާ ގޮތުން މިހާރު ފްލެޓް ހައްގުވާ މީހުންގެ އަދަދު ވަނީ 1،820 އަށް މަދުވެފައެވެ.
ހައުސިން މިނިސްޓްރީން ބުނީ ފްލެޓް ލިސްޓަށް މިއަދުން ފެށިގެން ިމަހުގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ޝަކުވާ ހުށައަޅަން ޖެހޭގޮތް
މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ގޮތް ހަމަޖެހިފައިވާކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
ފްލެޓް ލިސްޓް އިއލާންކުރައްވަމުން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ކުރީގެ ލިސްޓުން 53 ޕަސަންޓު މީހުންނަށް ދީފައިވާ ޕޮއިންޓްތައް ސައްހަނޫން ކަމަށް ފާހަގަކުރެވިފައިވެއެވެ. އެ ލިސްޓު އަލުން މުރާޖަ ކުރުމަށްފަހު ގެނައި ބަދަލުތަކާ ގުޅިގެން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް ކުރިން ކަނޑައެޅި މިންވަރަށް ޕޮއިންޓް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.