
ދެހާސް ތޭވިސް ވަނަ އަހަރުގެ އޮކްޓޯބަރުގައި ފުޓްބޯޅައިން މުޅިން ދުރަށް ދިޔަކަމަށް އިއުލާނުކުރި ހަޒާޑް، ރިޓަޔާމަންޓްގެ އުފާވެރި ދުވަސްތައް ރާއްޖޭގެ އިރުގެ ހޫނުގައި ހޭދަކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކްސްގައި ފެންނަމުންދާ ޕޯސްޓްތަކަކުން ހާމަވާގޮތުން ހަޒާޑް ރާއްޖެއަށް އައިސްފައިވަނީ ފެބްރުއަރީ މަހު ފަހުކޮޅުއެވެ.
އޭނާގެ އިންސްޓަގް ޕޭޖުގައި ރާމްގައި މިއަދު އޭނާ ވަނީ ރާއްޖޭގައި އޭނާ އުޅޭ ފޮޓޯތަކެއް އާންމުވެސް ކޮށްފައެވެ.
ހަޒާޑްވަނީ ރިޓަޔަރކުރުމަށްފަހު ދާދިފަހުން ގޮލްފް ކުޅުމާއި ސައިކަލް ދުއްވުންފަދަ ހަރަކާތްތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައެވެ.
ޗެލްސީގައި 2015 އަދި 2017 ވަނަ އަހަރު ޕްރިމިއަރ ލީގް ކާމިޔާބުކުރުމަށް އިސްދައުރެއް އަދާކުރި މި 34 އަހަރުގެ ކުޅުންތެރިޔާގެ ސްޓައިލިޝް ކުޅުން ގިނަ ބޯޅަ ލޯބިވެރިން ތަރުހީބުދޭ ކަމެކެވެ. އެންމެ ފަހުން ރިއަލް މެޑްރިޑްގައި ކުޅެމުން ދިޔައިރު އިންޖަރީތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ފުޓްބޯޅަ ދުނިޔޭގެ ޓެލެންޓެޑް ކުޅުންތެރިންގެ ގޮތުގައި ހަޒާޑްގެ ތަޖުރިބާ ބަދަލުނުވެ އޮތްކަން ފާހަގަކުރަންޖެހެއެވެ.