ޕީޕަލްސް ޗޮއިސް އިން އެ އަގުގައި ލޮނުމެދު ވިއްކާއިރު، މިވަގުތު ލިބެން ހުރީ ރީޓެއިލްކޮށެވެ. ބާޒާރުގައި ލޮނުމެދު ކިލޯއެއް އުޅެނީ 90ރ. އާއި 120ރ. އަށެވެ.
އެސްޓީއޯ އިން އަންނަނީ، ބާޒާރުގައި އާންމުކޮށް ބޭނުން ކުރާ ބާވަތެއްގެ އަގު އުފުލޭތޯ ބަަލައި، ހެޔޮ އަގުގައި އެ ތަކެތި އާންމުންނަށް ފޯރުކޮށްދެމުންނެވެ.
ހުޅުމާލޭ ހޮޓާ ހޯލްސޭލް ސައިޓް މި ރޯދަ މަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން ވަނީ ހުޅުމާލޭ ފިހާރަތަކަށް އަދި އާންމުންނަށް މުދާ ފަސޭހަލުން ލިބޭނޭގޮތް ހަމަޖައްސާފަ އެވެ
އެސްޓީއޯ އިން އަންނަނީ ރޯދަ މަހަށް ހާއްސަކޮށް ފިޔާ، އަލުވި، ބިސް އަދި ލުނބޯފަދަ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށް އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ.
އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތު މީހާ އުފުލަން ނުޖެހޭނެހެން އިންތިޒާމުތައް ހަމަޖެއްސުން ކަމަށްވެސް ބުންޏެވެ.